އޮޕަރޭޝަން ސިންދޫރު: 200 ފްލައިޓް ކެންސަލް ވެއްޖެ

އޭޕްރިލް 22 ގައި ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ބުދަ ދުވަހު (މެއި 7) ހެނދުނު އިންޑިއާގެ ހަތިޔާރުވެރި ބާރުތަކުން ހިންގި "އޮޕަރޭޝަން ސިންދޫރު" ގެ ސަބަބުން 200 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރެވި، އިންޑިއާގެ އުތުރާއި ހުޅަނގުގައި ހުރި 18 އެއަރޕޯޓެއް ވަގުތީގޮތުން ބަންދުކުރެވުނެވެ
ފްލައިޓްތަކުގެ އޮޕަރޭޝަންތަކަށް މި ދަތިތައް ކުރިމަތިވީ އިންޑިއާގެ ހަތިޔާރުވެރި ބާރުތަކުން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހުރި ޓެރަރިސްޓް ތަންތަނަށް މިސައިލް ހަމަލާ ދިނުމާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގެ ސަބަބުން ވައިގެ ސަރަޙައްދުތައް ބަންދުކުރެވި، ސްރީނަގަރު، ލޭ، ޖައްމޫ، އަމްރިތްސަރު، ޗަންދީގަރު، ޕަތާންކޯޓު، ޖޯދްޕޫރު، ޖައިސަލްމަރު، ދަރަމްޝާލާލާ އަދި ޖަމްނަގަރު ފަދަ މައި އެއަރޕޯޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރެވި، ވަގުތީގޮތުން އެތަންތަން ބަންދުކުރެވުނެވެ. މިކަން ޕީޓީއައި ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އެއަރ އިންޑިއާ، އިންޑިގޯ، ސްޕައިސްޖެޓް، އެއަރ އިންޑިއާ އެކްސްޕްރެސް، އަދި އަކާސާ އެއަރ ފަދަ އެތައް އެއަރލައިނަކުން އަދި ބައެއް ބޭރުގެ އެއަރލައިންތަކުން ގިނަ އެއަރޕޯޓުތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައިވެއެވެ. އިންޑިގޯއިން 165 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވެއެވެ.
ބުދަ ދުވަހު (މެއި 7) ދިލީ އެއަރޕޯޓަށް އައިސްގޮސްވާ 140 އެއްހާ ފްލައިޓް ކެންސަލްކުރެވުނެވެ. މިއީ ގައުމުގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ. ޕީޓީއައި ރިޕޯޓުގައި ވާގޮތުން، 65 އެރައިވަލްއާއި 66 ޑިޕާޗަރ ކެންސަލްކުރެވުނެވެ. އަދި ބޭރުގެ 2 އެރައިވަލްވެސް ކެންސަލްކުރެވުނެވެ.
ދިލީ އެއަރޕޯޓުން އެންމެ ފަހުން ނެރުނު އިރުޝާދުގައި ބުނެފައިވަނީ، "ދިލީ އެއަރޕޯޓުގެ ހުރިހާ ޓަރމިނަލްތަކާއި 4 ރަންވޭގައިވެސް އާންމު ގޮތެއްގައި މަސައްކަތްތައް ކުރިއަށްދެއެވެ. އެހެންނަމަވެސް، ވައިގެ ސަރަޙައްދުގެ ހާލަތު ބަދަލުވުމާ ގުޅިގެން ބައެއް ފްލައިޓްތަކަށް އަސަރުކޮށްފައިވެއެވެ."
"ފަސިންޖަރުންނަށް އެދެވެނީ އެންމެ ފަހުގެ އަޕްޑޭޓްތަކާއި ބަދަލު ދަތުރުފަތުރުގެ އިންތިޒާމުތަކާ ބެހޭ ގޮތުން އެމީހުންގެ އެއަރލައިންތަކާ ގުޅުމަށެވެ. އަޅުގަނޑުމެން އެއަރލައިންތަކާއި އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ
