ދުނިޔެ

ކޮވިޑް19: ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު

ދެން އެމްވީ ، ދެން އޮންލައިން

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހަފްތާއެއްގެ ތެރޭގައި ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެގުނަ ވުމާއި ގުޅިގެން، އެކަން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އެއް މަސް ދުވަހަށް އިޢުލާންކޮށްފިއެވެ.

Ads by Sosun Fihaara

ޖަޕާނުގެ ބޮޑު ވަޒީރު ށިންޒޯ އާބް މިއަދު އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރައްވާފައިވަނީ ޖަޕާނުގެ ބޮޑެތި ސިޓީތަކުގައި މިވައިރަސް ހަލުވިމިނެއްގައި ފެތުރެމުންދާތީއެވެ.

6 މާރިޗްއާ ހަމައަށް ދިގުދެމިގެންދާ، މި ކުއްލި ނުރައްކަލުގެ ހާލަތުގައި އެޤައުމުންވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާނެކަން ހާމަކޮށްފައެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިބަލި1،200 ފަރާތަކަށްމި ހަފްތާގައި އެކަނިވެސް ވަނީ ޖެހިފައެވެ. އަދި އިއްޔެ އެކަނިވެސް 80 މީހުން މިބައްޔަަށްވަނީ ފައްސިވެފައެވެ. ޖަޕާނުގައި މިބަލި ޖެހިފައިވާ 4،000 އަށްވުރެ ގިނަ މީހުން ތިބިއިރު، ހޯމަ ދުވަހު އެކަނިވެސް 93 މީހަކު މިބަލީގައިވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!