ދުނިޔެ

އިނގިރޭސި ބޮޑު ވަޒީރަށް ވެންޓިލޭޓަރ އެހީގައި ފަރުވާ ދީފައިވާ ކަމަށް ބުނެ ދައުރުވަނީ ދޮގު ޚަބަރެއް

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންސްއަށް ވެންޓިލޭޓަރެއްގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށް ބުނެ ދައުރުވަމުންދާ ޚަބަރަކީ ދޮގެއް ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ އިނގިރޭސި ބޮޑު ވަޒީރު ވެންޓިލޭޓަރަށް ލާފަައިވާ ކަމަށް ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ރަޝިޔާގެ ނޫހަކުންނެވެ. އެނޫހުން، ބޮޑު ވަޒީރު ހަސްފަތާލުވެ ވަޑައިގެންފައިވާކަމަށް ހޮސްޕިޓަލުގެ ނަރުހަކާ ހަވާލާދީ ބުނެފައިވަނީ، ބޮޑު ވަޒީރުގެ ހާލުކޮޅު ވަރަށް ދެރަވެ ވެންޓިލޭޓަރގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ސްކައި ނިއުސް" އިން އެޤައުމުގެ ކެބިނެޓް އޮފީސް މިނިސްޓަރާ ހަވާލާދީ ބުނެފައިވަނީ ބޮރިސް ވެންޓިލޭޓަރ އަށް ލާފައިނުވާ ކަމަށާއި ނަމަވެސް ނޭވާލުމުގެ ދަތި ތަކެއް ހުރުމާއިއެކު އޮކްސިޖަން ޕަންޕެއް ބޭނުންކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ޖެހުނު އާލާސްކަންފުޅުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ހަސްފަތާލުގައި އެޑްމިޓް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އެޑްމިޓްކޮށްފައި ވަނީ ، ކޮވިޑް19 އަށް ޕޮޒިޓިވްވިތާ 10 ދުވަސްވީއިރު ވެސް ހުމުގެ އަސަރު ހުރުމާއި ބަލި އިތުރަށް ރަނގަޅު ނުވުމުގެ ސަބަބުން، އޭނާގެ މެޑިކަލް ޓީމްގެ އިރުޝާދުގެ މަތިންނެވެ. އައިސީޔޫއަށް ފަރުވާ ދިނުމަށް ބަދަލުކޮށްފައިވަނީ، ލަންޑަން ގަޑިން މެންދުރުގެ ވަގުތެއްގައެވެ.

ބޮރިސް ޖޯންސަން ވައިރަހަށް ޕޮސިޓިވްވެފައިވަނީ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ބޮރިސް އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން ވައިރަހަށް އެންމެ އަވަހަށް ޕޮސިޓިވް ވި ލީޑަރެވެ. ވައިރަހަށް ޕޮސިޓިވް ވުމާއެކު ބޮރިސް ވަނީ އޭނާގެ ފްލެޓުގައި އެކަހެރިވެފައެވެ.

ވައިރަހަށް ޕޮސިޓިވްވެ ސެލްފް އައިސޮލޭޝަން ގައި ހުރި ނަމަވެސް ބޮރިސްވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ޔޫކޭގެ ކޮވިޑް19 އާއި ބެހޭ ކޮމިޓީ ގެ ބައްދަލުވުންތައް ޗެއާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!