ޚަބަރު

އިމިގްރޭޝަނަށް 50 އޮފިސަރުން ނަގަން ފުރަތަމަ ފަހަރަށް ވޯކިން އިންޓަވިއުތަކެއް

. ، ދެން އޮންލައިން
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޕާސްޕޯޓުގެ މަސައްކަތުގައި

މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް 50 އޮފިސަރުން ހޯދަން ވޯކިން އިންޓަވިއުތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by STELCO

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވޯކްއިން ޖޮބް އިންޓަވިއު އޮންނަ ދުވަހާއި ގަޑި ފަހުން ހާމަކުރާނެ ކަމަށެވެ.

އިމިގްރޭޝަންގެ ޓްރެއިނީ އޮފިސަރުން ނެގުމުގައި ބަލާނެ ޝަރުތުތައް:

  • ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
  • އިއުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ މިއީ އެ އިދާރާއިން ބާއްވާ ފުރަތަމަ ވޯކިން އިންޓަވިއު ކަމަށެވެ. މީހަތަނަށް އޮފިސަރުން ނަގަމުން އައީ އެޕްލިކޭޝަންތައް ހުށަހަޅައިގެން ރިވިއުކޮށް އެއަށް ފަހު އިންޓަވިއު ކުރުމަށް ފަހު އެވެ. ވޯކިން އިންޓަވިއުއަށްދާއިރު ތައުލީމީ ސެޓްފިކްޓައް ގެންދިޔުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.

"އެއް ދުވަހުން 50 އޮފިސަރުން ނަގާ ގޮތަށް ވޯކިން އިންޓަވިއު ކުރިއަށްދާނީ" އޮފިޝަލް ވިދާޅުވި އެވެ.

Ads by Allied Insurance