Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް ދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ ބުނީ އެ މީހާ ކޮވިޑަށް ފައްސި ވުމާ ގުޅިގެން އޭނާ ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ދިޔަ ދެ ރިސޯޓު ކަމަށްވާ ޖޯލި މޯލްޑިވްސް އާއި ރ.ބޮޑުފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެ ދެ ރިސޯޓުގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

Advertisement
HDC — Sidebar (box)

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ފައްސި ވެފައެވެ. މީގެތެރެއިން ދެ މީހަކު ބައްޔަށް ފައްސިވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް