ދުނިޔެ

ޖަރުމަނުވިލާތުގައި ގާތްގާތުގައި ތިބޭނަމަ ޖޫރިމަނާ ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އިޖުތިމާއީ ގައިދުރު ކަމަށް އަމަލުނުކޮށް މާ ގާތްގާތުގައި މީހުން ތިބޭނަމަ 500 ޔޫރޯ އާއިހަމައަށް ޖޫރިމަނާ ކުރަން ޖަރުމަނު ސަރުކާރުން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖަރުމަނު ސަރުކާރުން މި ގޮތަށް އަމަލު ކުރަން ނިންމާފައިވަނީ ކޮވިޑް19 އާއި ގުޅިގެން އެ ގައުމުން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ބޯނުލަނބާތީ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ރައްކާތެރިވެ ތިބުމަށްޓަކައި ޖަރުމަނުވިލާތުުން ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޒަރޫރީ ބޭނުން ތަކުގައި ނޫނީ ގެއިން ނިކުތުން ވެސް ވަނީ މަނާ ކޮށްފައެވެ. ޒަރޫރީ ބޭނުން ތަކުގައި ތެރޭގައި ހިމެނެނީ ކާބޯތަކެތި ގަތުމަށް ފިހާރަކަށް ދިއުމާއި، މެޑިކަލް އެޕޮއިންޓްމަންޓްގެ އިތުރުން ކަސްރަތުކުރުމަށް ނިކުތުން ހިމެނެއެވެ.

މީގެ އިތުރުންވެސް ދެމީހުނަށް ވުރެ ގިނަ މީހުން ބާއްވާ ބައްދަލުވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ބޭރަށް ނިކުމެ އުޅުމުގައި ވެސް ފަސް ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މިފަދައިން ކަންތައް ނުކުރާ މީހުން ޖޫރިމަނާ ކުރުމުގެ ހައްގު މިހާރުވަނީ ޖަރުމަަނުގެ ހުރިހާ ސްޓޭޓެއްގެ ކަމާއި ބެހޭ އިދާރާ ތަކަށް ދީފައެވެ.

ިކޮވިޑް19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖަރުމަނުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ބަވޭރިއާ އަށެވެ. އެ ސިޓީއިންވަނީ 18000 ވުރެ ގިނަ މީހުން ވައިރަހަށް ފައްސި ވެފައެވެ.

މިހާތަނަށް މުޅި ޖަރުމަނުން 104,199 ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވާއިރު ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެ ގައުމު މިހާރު ހިމެނެއެވެ. އެގައުމުގައި ވަނީ މިހާތަނަށް 1,842 މީހުން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!