ޚަބަރު

ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯގެ އެވޯޑެއް ރައީސް މުއިއްޒުއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތަށް ފާހަގަކޮށް ޑަބްލިއުއެޗްއޯއިން ހާއްސަ އެވޯޑެއް އެމަނިކުފާނަށް އަރުވަން ނިންމައިފި އެވެ.

Ads by MPL

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހަ ގުޅިގެން ޑަބްލިއުއެޗްއޯއިން ދޭ އެވޯޑްތަކުގެ ތެރެއިން ރައީސް މުއިއްޒުއަށް އަރުވަން ނިންމާފައިވަނީ ޑަބްލިއުއެޗްއޯ ޑިރެކްޓާ ޖެނެރަލް ސްޕެޝަލް އެވޯޑް އެވެ.

ރައީސްއާއެކު އެ އެވޯޑް ދެން އަރުވަނީ މޮރިޝަސްގެ ހެލްތު މިނިސްޓްރީ އަށެވެ.

ރައީސް މުއިއްޒުގެ ޒައާމަތުގައި ވަނީ މިދިޔަ އަހަރު ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން ވެސް މަނާކޮށްފަ އެވެ. އަދި ސިނގިރެޓުން ނަގާ ޓެކްސްވެސް ބޮޑުތަނުން ވަނީ ބޮޑުކޮށްފަ އެވެ.

އޭގެ އިތުރުން 2007 އިން ފެށިގެން އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ބިލެއް ވެސް މި މަހު ވަނީ ފާސްކޮށްފަ އެވެ.

Ads by HDC