ޚަބަރު

ލަންކާގައި ތިބި ދިވެހިންގެ ސިޓީއެއް ރައީސަށް: ކުރިޔަށް އޮތީ ރޯދަމަސް، ތަކުލީފުތައް އިންތިހާއަށް ގިނަ!

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައީސް އިބްރާހިމް ސޯލިހަށް ސިޓީ އެއް ފޮނުއްވައިފއެވެ.

Ads by MWSC

ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް، ފޮރިން މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕިއޭ) އަށް އެޑްރެސްކޮށް އަނޫޝާ އަބްދުއް ލަތީފް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި އެތައް އާއިލާތަކަކާއި ބޭސްފަރުވާއަށް ރާއްޖެއިން އައިސް ތިބި އެތަށްބަޔެއްގެ އިތުރުން ކޭޝްކާޑު އަތުގައި ނެތި ރާއްޖެއިން ޑޮލަރު ގެނެސްގެން ދިރިއުޅޭ އެތައް ދިވެހިންނެއް ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ދެވޭނެ ގޮތެއް ނެތިފައި ކަމަށެވެ.

އަދި ބޭސްފަރުވާ އަށް އައި ގިނަ ފަރާތްތަކެއް ވަނީ ދަތުރަށް ގެނައި ފައިސާކޮޅު ހުސްވެފައި ކަމަށާއި މާލެއިން ފައިސާ ގެނެވޭނެ މަގެއްވެސް ނެތް ކަމަށް އެ ސީޓީގައި ބުނެފައިވެއެވެ.

"ލަންކާގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ގިނަ މަންމައިން އެކަނި އެތަކެއް ތުއްތު ކުދިންކޮޅެއް ގޮވައިގެން ދިރިއުޅުމާއި މީގެ ތެރެއިން ބައެއް ތުއްތު ދަރިންނަކީ ނުކުޅެދޭ އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންކަމަށް ވުމުން އަދި ގިނަ އާއިލާތަކުގެ ފިރިންނަކީ ރިސޯޓް މުވައްޒަފުން ކަމުން މިވަގުތު ވަޒީފާ ގެއްލުފައި ތިބުމުގެ ސަބަބުން ގޭގެ ކުލި ދެއްކޭނެ ފަދަވެސް ނެތި އުޅެން ޖެހިފައިވަނީ ވަރަށް ވެސް ނިކަމެތި ހާލުގައެވެ. ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވުމުން އިތުރު ތަކުލީފެއް އުފުލަން ޖެހިދާނެއެވެ." އެ ސިޓީގައި ވެއެވެ.

އަނޫޝާ ފޮނުވި ސިޓީގައި ބުނެފައި ވަނީ ލަންކާގައި ކާފިއު އިއުލާން ކޮށްފައިވުމާއެކު މޯލްޑިވްސް ކޮންސިއުލޭޓުގެ ހިދުމަތްތަކަށް ވެސް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ލަންކާ ސަރުކާރުން ވަނީ ކާގޯ ފްލައިޓުތައް ފިޔަވައި ހުރިހާ ޕަސެންޖަރ ފްލައިޓުތަކެއް ލަންކާއަށް ދަތުރުކުރުން ހުއްޓުމަކަށް ގެނެސްފައި ކަމަށާއި މީގެ ސަބަބުން ޒަރޫރީ ކަންކަމުގައި ވަރަށް ގިނަ ދަތިތަކަކާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވިސާގެ މުއްދަތު އިތުރު ކުރި ނަމަވެސް މިވަގުތު ވިސާ ހަމަވެފައިވާ ނުވަތަ ލަންކާ އިމިގްރޭޝަން އަށް ވިސާ ހުށަހަޅާފައިވާ ފަރާތްތަކުން ފީނުދައްކާ ސަރުކާރުގެ ހިލޭއެހީގައި އެހީވެދެއްވުން އެދޭ ކަމަށް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!