ބޭރު ދުނިޔެ

ކޯވިޑް19: ރަނގަޅުވާ މީހުންގެ ލޭ ބޭނުންކޮށްގެން ފަރުވާ ދެނީ

ކޯވިޑް 19 ބަލި ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ލޭ ބޭނުން ކޮށްގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ފަށައިފިއެވެ.

އެމެރިކާ އަދި ޔޫކޭގައި ވަނީ ކޯވިޑް 19 ބަލި ޖެހުމަށްފަހު ރަނގަޅުވި މީހުންގެ ލޭ ބޭނުން ކޮށްގެން، އެ ބަލި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުން ހުއްދަކޮށްފައެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ރަނގަޅުވާ މީހުންގެ ލޭ ބޭނުންކޮށްގެން ފަރުވާ ދިނުމުން، އެ ބަލި ޖެހިފައި ތިބޭ މީހުން 3 ދުވަސްތެރޭ ރަނގަޅުވެއެވެ.

1918 ވަނަ އަހަރު ފެތުރުނު ސްޕެނިޝް ފްލޫ ޖެހުމަށްފަހު ރަނގަޅުވި މީހުންގެ ލޭ ބޭނުންކޮށްގެން ވެސް އެ ބަލި ޖެހުނު އިތުރު މީހުންނަށް ފަރުވާ ދީފައި ވެއެވެ. ކޯވިޑް 19 އިން ރަނގަޅުވާނެ ކަމަށް އުންމީދުކުރާ މިފަރުވާ މިހާރު ވަނީ އެމެރިކާ އަދި ޗައިނާގައި ބަލި މީހުންނަށް ދީފައެވެ. މާހިރުން ބުނާގޮތުގައި މި ފަރުވާ ވެގެން ދާނީ އެންމެ ރައްކާތެރި އަދި ނުރައްކާތެރި ސައިޑް އިފެކްޓްސް ވެސް ނުފެންނަ އެއް ފަރުވާއަށެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ކޯވިޑް 19 ބަލިން ރަނގަޅުވެ، ބަލި ޖެހުނު އެހެން މީހުންނަށް ފަރުވާ ދިނުމަށް ލޭ ހަދިޔާ ކުރީ ނިއުޔޯކްގައި ދިރިއުޅެމުންދާ އުމުރުން 39 އަހަރުގެ ޓިފަނީ ޕިންކްނޭ ނަމަކަށް ކިޔާ އަންހެނެކެވެ. ކޯވިޑް 19 ބަލިން ރަނގަޅުވާ މީހުންގެ ލެއަކީ މި ބައްޔަަށް ޔަގީން ފަރުވާއެއް ކަމެއް އަދި ސާބިތެއް ނުވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހި، 80000 އަށްވުރެ ގިނަ މީހުން މަރުވި ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް ޔަގީން ފަރުވާއެއް އަދި ވަނީ ހޯދޭ ގޮތް ނުވެފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކުރެވިފައި.

ގުޅުން ހުރި

ކޮވިޑް19: އިންޑިއާ ގައި 12 މީހުން މަރުވީ ހޮސްޕިޓަލުގެ އިހުމާލުން
އެތައް މިލިއަން ދިރުހަމެއްގެ އޮޅުވާލުމުގެ މުޢާމަލާތްތައް ހިންގި އިންޑިޔާ މީހަކު، ކޮވިޑް-19 ގައި ހާލުގައި ޖެހުނު މީހުން ގެންދާ ފްލައިޓެއްގައި ޑުބާއީ އިން ފިލައިފި
ކޮވިޑް19: 10 މިނިޓް ތެރޭގައި ނަތީޖާ އެނގޭ ޓެސްޓްކިޓެއް އުފައްދައިފި
ކޮވިޑް-19: މައްޔިތާގެ ހަށިގަނޑު ނަގާ ، އަތްލާ ހެދުމުން އިންޑިއާގައި އެތައް ބަޔަކު ޕޮސިޓިވް ވެއްޖެ