ޚަބަރު

ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްސަލަ ހައި ކޯޓަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ޕީޖީ ޝަމީމް

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

Ads by MPL

މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ:

  • ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމް
  • ލ. ގަމު ތުނޑި އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
  • އދ. މާމިގިލީ، ކެމީހިޔާ ޒަޔާން ނަސީރު
  • ތ. ތިޔަދިމިގިލީ ރުވާ، އަބްދުލް ހަންނާން
  • ލ. މާމެންދޫ މުރިނގު، ރަޖުވާން ލަތީފް
  • ދަފްތަރު ނަމްބަރު 2247 އަހުމަދު މައިސާން ހާޝިމް
  • ތ. ގާދިއްފުށި، މުޝްތަރީގެ، ޝަމާލް ހުސައިން

މި މީހުންގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި އެ ހުކުމް އިސްތިއުނާފްކުރުމަށް ނިންމާފައިވާތީ، ހޯމަ ދުވަހުގެ ކުރިން ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ އެވެ.

ޖެނުއަރީ 31, 2024 ގައި ޝަމީމަށް ހަމަލާ ދީފައިވަނީ ދަރިފުޅު ސްކޫލަށް ގެންގޮސްފައި އައި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. މަރުތޭލަކުން ދިން ހަމަލާގައި ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާ, ހޮސްޕިޓަލުގައި އޭނާއަށް ވަނީ ފަރުވާ ދީފައެވެ.

މިއީ ރޭވިގެން ޝަމީމް މަރާލުމަށް ބަޔަކު އޭނާއަށް ދިން ހަމަލާއެއް ކަމަށް ދައުލަތުން ބުނެ އެވެ.