ޚަބަރު

އިމިގްރޭޝަންގެ ވަޒީފާތަކަށް 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދުމަށް ނިންމައި ކުރި އިއުލާނާ އެކު އެ ވަޒިފާއަށް 870 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

Ads by MPL

މިއަދު ކުރިމަތިލި މީހުން އިންޓަވިއު ކުރުމުގެ މަސައްކަތް މިއަދު ދަނީ ކުރަމުންނެވެ. ގިނަ އަދަދެއްގެ މީހުން އިންޓަވިއު ކިއޫގައި ތިއްބެވެ.

އިމިގްރޭޝަނުން ބުނީ އެންމެ ފުރަތަމަ އޮތީ ހަ އިންޓަވިއު ޕެނަލަކުން ކެންޑިޑޭޓުން އިންޓަވިއު ކުރަމުން ގޮސް މިއަދު ހަވީރު 5 ޖަހާއިރަށް ނިންމުމަށެވެ.

ނަމަވެސް ފަހުން ނުވަ ޕެނަލްއަކުން އިންޓަވިއު ނަގަމުންދާ ކަމަށް ބުންޏެވެ. އަދި މިރޭ 10 ޖަހަންދެން އިންޓަވިއުތައް ޖެހުން ކުރިއަށް ދާނެ ކަމަށް ބުންޏެވެ.

އިންޓަވިއުއިން ހޮވޭ މީހުންގެ މެދުގައި އިމްތިހާނެއް ވެސް ނަގާނެ އެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ވަޒިފާއަށް ހޮވޭނީ އެންމެ މަތިން މާކްސް ލިބޭ 50 މީހުނަށެވެ. އަދި އިމްތިހާނު އޮންނާނެ ތާރީހެއް އިމިގްރޭޝަނުން ނުބުނެ އެވެ.