ދުނިޔެ

ޖެނީވާގައި ބޭއްވުނު ބައްދަލުވުމެއްގައި އިންޑިޔާ އާއި ނޭޕާލް ޞިއްޙީ ދާއިރާގެ އެއްބާރުލުން ވަރުގަދަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 78 ވަނަ އާންމު ޖަލްސާގެ ތެރެއިން ބޭއްވުނު ދެ ޤައުމުގެ ބައްދަލުވުމެއްގައި އިންޑިޔާ އާއި ނޭޕާލް ވަނީ ޞިއްޙީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެފައެވެ.

Ads by MPL

މި ބައްދަލުވުމުގައި އިންޑިޔާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ޤައުމުގެ ޞިއްޙަތާއި ޢާއިލާ ރައްކާތެރިކަމުގެ ވަޒީރު ޑރ. މަންސުކް މަންޑާވިޔާ އެވެ. އަދި ނޭޕާލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ ޤައުމުގެ ޞިއްޙަތު އަދި އާބާދީ ވަޒީރު ޑރ. ސަންޖޭ ކުމާރް ޔަދަވް އެވެ.

ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ޞިއްޙީ ދާއިރާގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ޞިއްޙީ ދާއިރާގެ ތަޖުރިބާ އަދި ހުނަރު ޙިއްޞާކުރުމަށް އެއްބަސްވިއެވެ.

ޑރ. މަންޑާވިޔާ ވިދާޅުވީ، އިންޑިޔާ އާއި ނޭޕާލްގެ މެދުގައި ޞިއްޙީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދެ ޤައުމަށްވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނޭޕާލްގެ ވަޒީރު ޑރ. ޔަދަވް ވެސް ފާހަގަކުރެއްވީ މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ޞިއްޙީ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށެވެ. އަދި އިންޑިޔާގެ ފަރާތުން ނޭޕާލްގެ ޞިއްޙީ ދާއިރާއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ޞިއްޙީ ދާއިރާގެ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް އެއްބަސްވެ، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރު މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެން ދިޔައެވެ.