ޚަބަރު

ކަސްޓަމްސްގެ ކޮމިޝަނާ ނޫމާން އަވަހާރަވެއްޖެ

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ނޫމާން އަވަހާރަވެއްޖެ އެވެ.

ނޫމާންއަކީ އަދާލަތު ޕާޓީގެ ޖެންޑާ އޮފް ހިއުމަން ރައިސް ކޮމިޓީގެ ޗެއާޕާސަން އެވެ.

އެނގިފައިވާ ގޮތުގައި ނުއުމާން އަވަހާރަވީ ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. އޭނާ ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!