ދުނިޔެ

ކޮވިޑް19 އިން ފުއްޕާމެއަށް ދޭ ގެއްލުން ފޮޓޯތަކުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އިން ފުއްޕާމެއަށް ދޭ ގެއްލުން ފުރަތަމަ ފަހަރަށް ވަރޗުއަލް ރިއަލިޓީ ގެ ޒަރީއާއިން ދެނެގަނެފިއެވެ. ކޮވިޑް19 އަކީ ފުއްޕާމެއަށް ހަމަލާދީ މީހާގެ ފުރާނަ ދުއްވާލާ ވަރުގެ ބައްޔެކެވެ.

Ads by Sosun Fihaara

ޖޯޖް ވޮޝިންޓަން ހޮސްޕިޓަލުން ކުރަހައި އާންމުކުރި މި ފޮޓޯ ތަކުން ދައްކާ ގޮތުގައި ވައިރަހުގެ ސަބަބުން ބަލިން ރަނގަޅުވުމަށް ފަހުވެސް ފުއްޕާމޭ ހަލާކުކޮށްލާ ވަރުގެ ގެއްލުންތަކެއް ލިބެއެވެ. މި ކުރެހުންތައް ކުރަހާފައިވަނީ އެ ޔުނިވާސިޓީން ވައިރަހަށް އެންމެ ފުރަތަމަ ފައްސިވި މީހާގެ ފުއްޕާމޭ ބަލައިގެންނެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ގެއްލުން ލިބިފައިވާ ބައިތައް ވަނީ ފެހި ކުލައިން ފާހަގަކުރެވިފައެވެ. އެ ޔުނިވާސިޓީއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ސިއްހަތު ރަނގަޅު ފުއްޕާމެއަކާއި ބަލި ޖެހިފައިވާ ފުއްޕާމޭގައި ބޮޑު ތަފާތެއް ވެއެވެ. އަދި ވައިރަހުގެ ސަބަބުން އަސަރުކުރަނީ ފުއްޕާމޭގެ ވަކި ބަޔަކަށް ނޫން ކަމަށާއި މުޅި ފުއްޕާމެއަށް ކަމުގައިވެސް އެ ޔުނިވާސިޓީއިން ފާހަގަކޮށްފައިވެއެވެ.

ވައިރަހުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުން ތަކަކީ ނިއުމޯނިއާ ފަދަ އެހެނިހެން ފުއްޕާމޭގެ ބަލިތަކުން ކުރާ ފަދަ ގެއްލުންތަކެކެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް އޮކްސިޖަން ފޮނުވުމަށް ހުރަސް އެޅިގެންދެއެވެ.

އާންމު ހާލަތުގައި ނަމަ ފުއްޕާމޭ ވައިނޮޅި ތެރެއިން ހަށިގަނޑަށް އޮކްސިޖަން ވަދެ ފުއްޕާމޭގެ ވައި ކޮތަޅުތައް ފުރާލައެވެ. އަދި އެއަށް ފަހު ލޭގެ ތެރެއަށް އޮކްސިޖަން ދެމިގަނެ ލޭގެ ޒަރީއާއިން މުހިންމު އެހެން ގުނަވަންތަކަށް އޮކްސިޖަން ފޯރުކޮށްދެއެވެ.

ނަމަވެސް ވައިރަހުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުމުގައި އޮކްސިޖެން ފުއްޕާމޭގެ ތެރެއަށް ވަނުމަށް ހުރަސް އެޅެއެވެ. އަދި އޭގެ އަސަރު މުޅި ހަށިގަނޑަށް ކޮށް މީހާގެ ހަށިގަނޑު މަރަށް ހުށަހެޅިގެންދެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ކޮށްފައިވާއިރު މިހާތަނަށް 1,425,716 ވުރެ ގިނަ މީހުނަށް ވަނީ ވައިރަހުގެ އަސަރު ކޮށްފައެވެ. އަދި ބަލި ޖެހިގެން 82 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!