ދުނިޔެ

ކޮވިޑް-19: ފަރުވާ އެއްކަމަށް ބުނެ ރާ ބުއި 600 މީހުން މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް 19 ގެ ފަރުވާ ކަމަށް ހީކޮށް ވަރަށް ގިނަ އަދަދަކަށް އަލްކަހޯލް ހިމެނޭ ބުއިމެއް ބޮއެގެން އީރާނުގައި 600 މީހުން މަރުވެ ހާހަކަށްވުރެ ގިނަ މީހުން ބަލިވެއްޖެއެވެ.

Ads by WAMCO

އިރާނިއަން ޖުޑީޝަލްގެ ތަރުޖަމާނު ގޮލަމް ހޮސެއިން އިސްމާއިލީ ބުނީ ކޯވިޑް 19 ގެ ފަރުވާ ކަމަަށް ވަރަށް ގިނަ އަދަދަކަށް ރޯބޮއެގެން 600 މީހުން މަރުވެފައިވާއިރު 3000 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

އިސްމާއިލީ ބުނީ އެ އެންމެން އެހާ ބޮޑަށް އަލްކަހޯލް އެކުލެވޭ އެ ބުއިން ބުއީ، އެ ބުއިމުގެ ސަބަބުން ކޯވިޑް 19 ބައްޔަަށް ފަރުވާ ލިބޭނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ، ރާ ބުއިމަކީ އެއްވެސް ބައްޔަކަށް އޮތް ފަރުވާއެއް ނޫން ކަމަށާއި އެމީހުން ހީކުރީ ނުބައިކޮށް ކަމަށެވެ.

ސްޓޭޓް ރަން ޓަސަނިމް ނިއުސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި އިސްމާއިލީ އިތުރަށް ބުނީ، އެމައްސަލައާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައި ކަމަށާއި، އަދި އެކަމުގެ އަޑީގައި ތިބި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

އީރާން އަކީ މެދު އިރުމަތީ ހިސާބުގައި ކޯވިޑް 19 އެންމެ ގަދަޔަށް ފެތުރެމުން ދާ އެއް ގައުމެވެ. އެގޮތުން އީރާނުގައި މިހާތަނަށް ވަނީ، 62589 މީހުން އެ ބައްޔަށް ޕޮޒިޓިވްވެ، 3872 މީހުން ބަލި ޖެހިގެން މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!