ޚަބަރު

ބްރޯޑްކޮމް އިން އަޅަންޖެހޭ ފިޔަވަޅު ބުނެދެނީ އެމްޑީޕީގެ މަޖިލިސް މެންބަރުން: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިން ޗެނަލަކާމެދު އަޅަންޖެހޭ ފިޔަވަޅު މިއަދު އެންމެ ފުރަތަމަ ބުނެދެނީ އެމްޑީޕީގެ މަޖިލިސް މެންބަރުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކޮމް އިން ނަސޭޙަތްތެރިވުމާ ގުޅިގެންނެވެ.

ޖަމީލު ކުރެއްވި ޓްވޯޓެއްގައި ވިދާޅުވީ އެމްޑީޕީ ފިކުރުގެ ޗެނަލުން މީސްމީހުންގެ އަބުރު ކަތިލިއިރު އެކަން ދިފާޢުކުރި މީހުންގެ ރާގު ބަދަލުވީ ކަމެއް އިޞްލާޙް ކުރާކަށްނޫން ކަމަށެވެ.

"ފާޑުކިޔުން ހަޖަމެއް ނުވޭ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައި މީޑިޔާގެ މިނިވަންކަމާ މެދު ޝަކުވާކުރި މީހުންނަށް މި ސަރުކާރުގެ ކޮންމެ ކަމެއް ރަނގަޅުވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

"އާނިޔާގެ ރޭޑިޔޯވެސް މިއަދަކު ނެތް. މިހާރު ޓާގެޓް ހުރީ ޗެނަލް13 އަށް. އެހެން މީޑިޔާތަކަށްވެސް ބިރުބޮޑު. މިއަދު ސާބިތުވަނީ ޕީޕީއެމް ފިކުރު ރަނގަޅުކަން" ޖަމީލް ވިދާޅުވިއެވެ.

އެ ބްރޯޑްކޮމް އިން އިއްޔެ ޗެނަލް13 އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޗެނަލްއިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ޚާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވި އަދި މީސްމީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!