Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފްލައިޓުތަކުން ވަކި ބަޔަކަށް ޖާގަ ދިނުން ބަލައެއް ނުގަނެވޭނެ: ކެޕްޓަން އަމީން

ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައިތިބި ދިވެހިން ގެނައުމަށް ބާއްވަމުންދާ ފްލައިޓުތަކުން މީހުންނަށް ޖާގަ ދޭންޖެހޭނީ ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް އައިލޭންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރު ކެޕްޓަން މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާލުގައި ޖެހިފައިތިބި މީހުން ގެނައުމަށް ބާއްވާ ފްލައިޓުތަކުން ޖާގަ ދޭން ވާނީ ހަމަހަމަ ކަމާއެކު އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

"މިވަގުތު ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް ތިބީ ހަދާނެގޮތް ހުސްވެ ނާޒުކު ދަނޑިވަޅެއްގައި، ވަކި ބަޔަކަށް ކުރިއާލައި ޖާގަ ކަށަވަރުކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އަދި ފްލައިޓުތަކުން ސީޓު ބުކް ކުރުމުގައިވެސް އެހާ އުނދަގު ގޮތަކަށް އެކަން ކުރަން ޖެހުން ބަލައެއް ނުގަނެވޭނެ." އަމީން ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑު-19 ގެ ސަބަބުން ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، އެ ގައުމުތަކުގައި ރާއްޖެ ނާދެވިފައި ތިބި ފަރާތްތައް ރާއްޖެ ގެނައުމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ ފްލައިޓުތަކެއް ބާއްވަން ފަށާފައެވެ. ނަމަވެސް މި ފްލައިޓްތަކުން ޖާގަ ހޯދުމުގައި ގިނަ ފަރާތްތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް