ހިޔަލަ އީދު ލަވަ ހުއްދަ ނުހޯދައި ޕީއެސްއެމުން ދެއްކި މައްސަލަ ހޫނުވެއްޖެ

ނެށުމާއި ލަވަ އުފެއްދުމުގެ މަސައްކަތްކުރާ ގްރޫޕެއް ކަމަށްވާ "ހިޔަލަ" އިން މި ފަހަރުގެ ބޮޑު އީދާ ދިމާކޮށް ނެރުނު "އީދު ބޯމަތިވަނީ" ލަވަ ޕީއެސްއެމްގެ ޓީވީއެމުން ދެއްކި މައްސަލަ ހޫނުވެއްޖެ އެވެ.
ޔޫޓިއުބުން އެކަނި ވެސް 87,000އަށްވުރެ ގިނަ ވިއުސް ހޯދާފައިވާ އެ ލަވަ ޓީވީއެމުން ދެއްކީ ލިބުނު ހަދިޔާއެއް ކަމަށް ބުނެ އިއްޔެ އެ ޓީވީން ގެނައި އީދު ކަވަރޭޖުގެ ތެރެއިންނެވެ.
"ހިޔަލަ"އިން ވަނީ ޓީވީއެމުން އެ ލަވަ ދެއްކީ އެ ގްރޫޕުގެ ހުއްދަ ނުހޯދާ ޓީވީއެމުން އެ ލަވަ ދެއްކުމުން ނުރުހުން ފާޅުކޮށް "ހިޔަލަ"އިން ވަނީ ފޭސްބުކްގައި ޕޯސްޓެއްކޮށްފަ އެވެ.
"ޓީވީއެމް އަދި އެ ނޫން ވެސް ޗެނަލްއަކަށް މި ލަވަ އެއާ ކުރުމުގެ ހުއްދަ ދީފައެއް ނުވާނެ، އަަހަރުމެންގެ ރުހުމަކާ ނުލާ ޓީވީއެމުން އެ ލަވަ ދެއްކުމަކީ ހަމައެކަނި މި ގްރޫޕުގެ ހައްގަކަށް އަރައިގަތުމެއް ނޫން. އޭގެ އިތުރަށް ވަރަށް ޕްރޮފެޝަނަލް ކަމެއް ނެތި ކުރި ކަމެއް،" ހިޔަލަގެ ޕޯސްޓްގައި ލިޔެފައިވެ އެވެ.
މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް އެ ގްރޫޕުން ބުންޏެވެ. އަދި ކަމާ ގުޅުން ހުރި ގާނޫނީ ފިޔަވަޅުތައް އެޅުމަށް ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ހިޔަލައިން ބޮޑު އީދަށް ނެރުނު ލަވަ:
