ޚަބަރު

ކުލި ނުދެއްކޭ މީހުން ރަށަށް ދާން ބުނީ ހެޔޮ ނިޔަތުގައި: އީސަ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މާލީ ދަތިމަކާ ކުރިމަތިލާން ޖެހި ގޭގެ ކުލި ނުދެއްކޭ މީހުން އެނބުރި ރަށަށް ދިއުމަށް ބުނީ ހެޔޮ ނިޔަތުގައި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މެމްބަރު އީސާ ވިދާޅުވީ، ހާލުގައި ޖެހި އާއިލާ ނުބެލޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށެވެ. އީސާ އިތުރަށް ވިދާޅުވީ، ކުއްޔަށް އެޕާޓްމެންޓް ދޭ ބައެއް ތަންތަނުގެ ވެރިން ކުލި ކުޑަކޮށްދިން ނަމަވެސް އަދިވެސް ބައެއް މީހުންނަށް ކުލި ދެއްކުމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އީސާގެ މި ވާހަކައަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރޭ އީސަ ވިދާޅުވީ، މަގުމަތިވުމުގެ ކުރިން އަމިއްލަ ރަށަށް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވީ، ވަރަށް ނިކަމެތި ހާލަތެއްގައި ކުރިން ދިރިއުޅުއްވާފައިވާތީ ކަމަށާއި މީހުންނަށް ހީވިޔަސް އޭނާއަކީ މުޅި ހަޔާތް އެހާ ތަނަވަސް ދިރިއުޅުމެއް އުޅުނު މީހެއް ނޫން ކަމަށެވެ.

އީސަ ވިދާޅުވީ އޭނާގެ ދާއިރާގައި މާލޭގަ މިގޮތަށް ގެދޮރު ކުއްޔަށް ނަގައިގެން އުޅޭ މީހުންނަކީ ފިރިން ރިސޯޓުތަކުގައި މަސައްކަތްކުރާ، އަނބިން މާލޭގައި ވަޒީފާ އަދާކުރާ މީހުން ކަމަށެވެ.

"ދެމަފިރިން ވަޒީފާ އަދާކޮށްގެން ކިރިޔާ ކުލި ދައްކާލައިގެން އުޅެވޭ ހާލަތުގައި ތިބި މީހުން. އެއްވެސް އެއްޗެއް ފަހަށް ރައްކާނުކުރެވި، ދަރިންގެ ހަރަދުތައް ބަލަހައްޓައިގެން ޒަރޫރީ ބޭނުންތައް ފުއްދައިގެން، އެހެންވީމަ އަޅުގަނޑު އެވާހަކަ ދައްކަން ޖެހުނު" އީސަ ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!