ދުނިޔެ

ޖަޕާނާއި އިންޑިޔާގެ ކަނޑުގެ ގުޅުން އައު ދައުރަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނާއި އިންޑިޔާގެ މެދުގައި ކަނޑުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އައު މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުން ހިމެނެއެވެ.

Ads by MPL

ދެ ޤައުމުގެ މެދުގައި މި އައު އެއްބާރުލުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ޓޯކިޔޯގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖަޕާނުގެ ބަނދަރުތަކާއި ކަނޑުގެ ދަތުރުފަތުރުގެ ވުޒާރާގެ އިސްވެރިންނާއި އިންޑިޔާގެ ޝިޕިންގ މިނިސްޓްރީގެ އިސްވެރިން ބައިވެރިވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ވަނީ ކަނޑުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ. މީގެ ތެރޭގައި ސުމާޓް ޕޯޓްތައް ތަރައްޤީކުރުމާއި، ކަނޑުގެ މާޙައުލު ހިމާޔަތްކުރުމަށް އައު ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނެއެވެ.

"މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" މިހެން ވިދާޅުވީ ޖަޕާނުގެ ބަނދަރުތަކާއި ކަނޑުގެ ދަތުރުފަތުރުގެުރުގެ ވަޒީރު ޓަރޫ ކޮންނޯއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ވަނީ ކަނޑުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް އެއްބަސްވެފައެވެ. އަދި މީގެ އިތުރުން ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް އެކުގައި މަސައްކަތްކުރުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމާއި ތިންންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުމަކަށްވާތީ، މުޅި ސަރަޙައްދަށް މީގެ ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

Ads by Allied Insurance