ޚަބަރު

މިދިޔަ އަހަރު 1003 ކަމަކަށް އޭޖީ އޮފީހުން ލަފާ ދީފައިވޭ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ލަފަޔަށް އެދި ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 1003 މައްސަލައަކަށް ލަފާދީފައިވާ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެފި އެވެ.

Ads by MWSC

އޭޖީ އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުން ޖުމްލަ 1082 ކަމެއްގައި ގާނޫނީ ލަފަޔަށް އެ އޮފީހުގައި އެދުނެވެ.

އެގޮތުން 354 އެއްބަސްވުމަކަށް ގާނޫނީ ލަފާ ދީފައިވާއިރު، ގަވާއިދުތަކާއި ގުޅޭ ގޮތުން 103 ކަމެއްގައި ލަފާ ދިނެވެ. އަދި އުސޫލުތަކާގުޅޭ ގޮތުން 52 ކަމެއްގައި ވަނީ ލަފާ ދީފައެވެ.

އޭގެ އިތުރުން ބިލު ތަސްދީގު ކުރުމާގުޅޭ ގޮތުން 27 ކަމެއްގައި އަދި މުއާހަދާތަކާ ގުޅޭ ގޮތުން 15 ކަމެއްގައި އެ އޮފީހުން ލަފާދިންއިރު، އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 452 ކަމަކަށް ލަފާ ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!