ޚަބަރު

ސިއްހީ ހިދުމަތްތެރިންގެ މަސައްކަތުގެ އަގު ފައިސާއިން ވަޒަންނުކުރެވޭނެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަނީ ލިބޭ އުޖޫރައަކަށް ނޫން ކަމަށާއި، އެމީހުންގެ މަސައްކަތުގެ އަގު ފައިސާއަކުން ވަޒަންނުކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ނުރައްކާތެރި ބަލިމަޑުކަމުގެ މިދަނޑިވަޅުގައިވެސް އެމީހުން މަސައްކަތަށް އޮންނަ ލޯތްބާއި އެމީހުންގެ ހިތްވަރުގަދަކަމާއި ކެރުންތެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދޫ ހީނަރުވަމުންދާއިރު ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކުރުމަށް ނިންމާފައެވެ. އެގޮތަށް ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށްވެސް ދޭންޖެހޭ އުޖޫރައާމެދު ވިސްނާ މިކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސިއްޙީ އެހީތެރިން ކުރަމުންދާ މަސައްކަތުގެ އަމާޒަކީ މި ދަނޑިވަޅުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން" އެމަނިކުފާން ޔަޤީންކުރައްވާކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ ކޮވިޑް-19 އާންމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުއްސުރެ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖެއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ރޯދަމަހުވެސް އުޅެން ޖެހިދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

އެގިތުން ސްކޫލްތަކާއި، ކޮލެޖް ޔުނިވާސިޓީތަކާއި އަދި ކެފޭ ރެސްޓޯރެންޓްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަންޖެހިދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!