ދުނިޔެ

ޓްރަމްޕްގެ ކޯލަކަށްފަހު އިންޑިއާއިން ކޯވިޑް19 އަށް ފަރުވާދެވޭނެ ކަމަށްބުނާ ބޭސް އެކްސްޕޯޓްކުރަން ހުއްދަދެނީ

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ފޯނުކޯލަކުން ވާހަކަ ދެއްކުމަށްފަހު، ކޯވިޑް 19 އަށް ފަރުވާ ދެވޭނެ ކަމަށް ބެލެވޭ ބޭސް އިންޑިއާއިން އެކްސްޕޯޓް ކުރުމަށް ހުއްދަ ދިނުމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފިއެވެ.

Ads by Sosun Fihaara

މެލޭރިއާ ބައްޔަަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހަކުން ކޯވިޑް 19 އަށް ފަރުވާ ދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބުނެފައެވެ. ޓްރަމްޕް އެހެން ބުނެފައިވީނަމަވެސް، ޓްރަމްޕްގެ އެވާހަކަތަކަށް ބާރުދޭ ހެއްކެއް އަދި މިހާތަނަަށް ނުލިބެއެވެ. އިންޑިއާއަކީ ގިނަ އަދަދަކަށް މެލޭރިއާ އަށް ފަރުވާދޭ އެ ބޭސް އުފައްދާ ގައުމެކެވެ. އެހެންނަމަވެސް ޒަރޫރީ ހާލަތެއްގައި ނޫނީ އިންޑިއާއިން އެ ބޭސް އެކްސްޕޯޓެއް ނުކުރެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ދާދި ފަހުން ޓްރަމްޕާއި ފޯނު ކޯލަކުން ވާހަކަ ދެއްކުމަށް ފަހު މޯދީ ވަނީ އެބޭސް އެކްސްޕޯޓް ކުރުން މަނާ ކޮށްފައި އޮތް އޮތުން އުވާލުމާއި ދޭތެރޭ އަލުން ވިސްނާ ކަހަލަ އިޝާރާތެއް ދީފައެވެ.

މެލޭރިއާ އަށް ފަރުވާ ދޭ އެ ބޭހުން ކޯވިޑް 19 އަށް ފަރުވާ ދެވޭނެ ކަމެއް އަދި ސާބިތުވެފައި ނުވިނަމަވެސް، ޓްރަމްޕް އަޑުހަރުކޮށް ބުނަމުން ދަނީ އެ ބޭހުން ކޯވިޑް 19 އަށް ފަރުވާ ދެވޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!