ޚަބަރު

ކޯވިޑް 19: ބަލި ޖެހުނު މީހުންގެ އަދަދު ދޮޅު މިލިއަނަށް

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ބަލި ޖެހުނު މީހުންގެ އަދަދު ދޮޅު މިލިއަނަށް އަރައިފިއެވެ.

Ads by STELCO

މިބައްޔަށް މިހާތަނަށް 1,501,061 މީހުން ފައްސި (ޕޮސިޓިވް) ވެފައިވާއިރު، 87,830 މީހުންވަނީ މިބަލި ޖެހިގެން މަރުވެފައެވެ. މިވައިރަސް މިހާތަނަށް 209 ޤައުމަކުން ފެނިފައިރު، މިބައްޔަށް އެންމެ ގިނަ މީހުން ފައްސި ވެފައިވަނީ އެމެރިކާއިންނެވެ. އަދި ބަލީގައި އެންމެ ގިނަ. މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. މިބަލި ޖެހުނު 319,214 މީހަކު މިހާތަނަށްވަނީ ރަނގަޅުވެފައެވެ. އަދި ބަލިޖެހިއިތިބި 1,094,017 މީހުން މިހާރުދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވުހާންގެ މާކެޓަކުންނެވެ. ހަލުވިކަމާއެކު ޗައިނާ ގައި މި ވައިރަސް ފެތުރުނު ނަމަވެސް އެގައުމުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާ ވައިރަސް ކޮންޓްރޯލްކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!