ޚަބަރު

އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ގާއިމްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަށެއްގައި ގާއިމްކުރި ގްރީން ހައުސް/ ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ދަނޑުވެރިންނަށް ތަޢާރަފް ކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ގާއިމުކޮށްފި އެވެ.

Ads by STELCO

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ އެ މިނިސްޓްރީއާ އިފާޑް ގުޅިގެން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެއް ކަމަށެވެ.

މި ގްރީން ހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ކުރިއަށްގެންދެވިފައިވެއެވެ. އެގޮތުން 12 ރަށުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ކުރިޔަށް ގެންދެ އެވެ. އެރަށްތަކަކީ

  • ހދ. މަކުނުދޫ
  • ހދ. ނޭކުރެންދޫ
  • ހދ. ނޮޅިވަރަމްފަރު
  • ހދ. ވައިކަރަދޫ
  • ހއ. ކެލާ
  • ހއ. އުލިގަމު\
  • ހއ. މޮޅަދޫ
  • ހއ. ފިއްލަދޫ
  • ށ. ނަރުދޫ.
  • ށ. ގޮއިދޫ
  • ށ. ފޯކައިދޫ

ގްރީން ހައުސްތައް ގާއިމްކޮށް ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލްުވެރި ކުރުމުގެ އިތުރުން، ދަނޑުވެރިކަމުގައި ކުރިއަރައި ދިއުމަށް ބޭނުންވާ ތަފާތު ތަމްރީންތައްވެސް ދަނޑުވެރިނަށް މެޕް އިން އަންނަނީ ފޯރުކޮށްދެމުންނެވެ.

Ads by Ooredoo