ފުލުހުން ހަތަރު ބިދޭަސީއަކު ތަހުގީގަށް ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހަތަރު ބިދޭސީއަކު ހާޒިރުނުކުރެވިގެން އެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ހޯދަން އިއުލާންކުރީ މުޅިންވެސް ބަންގުލަދޭޝްގެ ފިރިހެނުންނެވެ.
އޭގެ ތެރޭގައި ހިމެނޭ އެމްޑީ މިރު ރަހުމާން (21އ.) އާއި އެމްޑީ މިންތު މިއާ(38އ.) ހޯދަމުން ދަނީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ދެން ހޯދަމުން ދަނީ މުހައްމަދު އަސަދު(35އ.) އާއި މުހައްމަދު ތޮޔޮބުރު(31އ.) އެވެ. އެއީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަތަރު މީހުން ވެސް މި މަހުގެ 15 ދުވަހު ޕޮލިސް ސްޓޭޝަންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.