ޚަބަރު

އިއްޔެ އަޑިއަށް ދިޔަ ބޯޓުން ބައެއް ތަކެތި އޮޔާގޮސްފާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އިއްޔެ އަޑިއަށް ދިޔަ ބޯޓުން ބައެއް ތަކެތި އޮޔާގޮސްފާނެތީ ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް  ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، ކ.ރިހިވެލި ކަނޑުއޮޅި ކައިރިއަށް ެިއިއްޔެ އަޑިއަށްދިޔައީ "އޯޝަން އެކްސްޕްރެސް" ބޯޓެވެ.

އެެހެންވެ އެ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެެވެ.

އަދި، ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުން މިއަދާއި ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެެ.

Ads by Ooredoo