ޚަބަރު

އެކި ފަހަރު މަތިން އަލިފާނުގެ ހާދިސާ ހިނގާފައިވާ މ. ޕްލާޒާ ތަޅާލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އެކި ފަހަރު މަތިން އަލިފާނުގެ ހާދިސާ ހިނގާފައިވާ މ. ޕްލާޒާގައި ހިމެނޭ ތިން އިމާރާތެއް ތަޅާލުމަށް ސަރުކާރުން ނިންމައިފި އެވެ.

Ads by STELCO

މީގެ ތެރެއިން އޯކިޑް ޕްލާޒާއަކީ މަސްތުވާތަކެތީގެ އައްޑާއެއް ގޮތަށް ވެސް ބޭނުންކޮށްފައިވާ ފަޅުގެ އެކެވެ.

ލޯކަލް ގަވަނަންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނި ގޮތުގައި އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.

އޯކިޑް ޕްލާޒާގެ އިތުރުން ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ވެސް ތަޅާލާފައިވެ އެވެ.

މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މައާފަށް އެދޭ ކަމަށް ބުންޏެވެ.

އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް ބުންޏެވެ.

Ads by Ooredoo