ޚަބަރު

ފަޒުލް، ޕީއެންސީގެ ވ. އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު / ފޮޓޯ:ދެން އިމޭޖްސް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވި އިބްރާހީމް ފަޒުލް ރަޝީދު، ޕީއެންސީގެ ވ. އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސަވައިފި އެވެ.

Ads by STELCO

ފަޒުލް އޭނާގެ ފޭސްބުކް އެކައުންޓުން ވަނީ ފަޒުލް އެ މަގާމަށް ހަމަޖެއްސިކަމަށް ލިޔެފައިވާ ޕޯސްޓެއް ހިއްސާ ކުރައްވައިފަ އެވެ.

ފަޒުލް އަކީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. އަތޮޅު ފެލިދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. ފަޒުލްއަށް ހަވާލު ކުރީ އެ ދާއިރާގައި ހިމެނޭ ތިން ރަށް ވެސް ހިމެނޭ ގޮތަށް ވ. އަތޮޅުގެ ހަ ރަށުގެ ކެމްޕެއިން މެނޭޖުކުރުމެވެ.

މި ސަރުކާރުގެ އެޗްޑީސީގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ފަޒުލް މަގާމުން ވަކިކުރީ އޭނާ އެ މަގާމުގައި ހުންނަވަނިކޮށް އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދަށް ހުޅުމާލޭން ގޯއްޗެއް ދިން މައްސަލާގަ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ އިރު އެ ގޯތި ލިބޭ ކަމުގެ ސައްހަ ނޫން ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އެ މައްސަލާގައި ފަޒީލް މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހު ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު މި މަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

Ads by Ooredoo