ޚަބަރު

ރޭގެ އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި

. ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

Ads by MPL

އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކުރިމަތީ ކަފިހުރަސް މަތިން ހުރަސްކުރި މީހެއްގެ ގައިގައި، ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލަކުން ޖެހި، އަދި ކުރި މަތިން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ޕިކަޕެއް އެކްސިޑެންޓުވެގެންނެވެ.

އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފަ އެވެ. ނިޔާވީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުރު ޔޫސުފް އަލްސަން އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަގު ހުރަސްކުރަނިކޮށް އަނިޔާވި 40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު އަލްސަން ދުއްވި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެނީ ވޯޑުގައި ކަމަށެވެ.

Ads by HDC