ޚަބަރު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

. ، ދެން އޮންލައިން

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ މާލެ، ގ.ގާނެޓް، ހަސަން ޔާމީން (30އ) އެވެ.

ފުލުުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިރޭ 20:30 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.

Ads by Ooredoo