ދުނިޔެ

ޗައިނާގެ ޕަވަރ ބޭންކް ދަށްކުރުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް މާރުކޭޓަށް ކުރިމަތިވި ގޮންޖެހުންތައް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިލެކްޓްރޯނިކްސް ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވާ ޝެންޒެންގެ ހުއަޗިއަންގްބެއި މާރުކޭޓުގެ ޕަވަރ ބޭންކް ވިއްކާ ފިހާރައެއްގެ ވެރިޔަކު ބުނީ މިކަން މިހާ ކުއްލިއަކަށް ދިމާވުމުން ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށެވެ.

Ads by MPL

މެއި ގެ ނަމުން މަޝްހޫރު މި ފިހާރަ ވެރިޔާގެ އަތުގައި 100 އަށްވުރެ ގިނަ ނުވިކި ހުރި ޕަވަރ ބޭންކް ހުރި ކަމަށާއި، ސެކަޑަކަށް ޕަވަރ ބޭންކް ފެކްޓްރީއަށް އަނބުރާ ފޮނުވާލަން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެހެން ވިޔަފާރިވެރިއެއް ބުނެފައިވަނީ ހާސްތަކެއް ޔުއާންގެ މުދާ ނުވިކި ހުރި ކަމަށެވެ. އެއީ ގަންނަން އަދި ވައިގެ ދަތުރުތަކުގައި ގެންދަން މީހުން ނުކެރޭ މުދަލެވެ.

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް މާރުކޭޓް ކަމަށް ބެލެވޭ މި މާރުކޭޓަށް މި ހާލަތު ދިމާވެފައިވަނީ ޗައިނާގެ ޕަވަރ ބޭންކް ސިނާއަތަށް ދިމާވެފައިވާ ބޮޑު ހީނަރުކަމެއްގެ ތެރެއިންނެވެ. ބެޓެރީއާ ގުޅުންހުރި ރައްކާތެރިކަމުގެ މައްސަލަތަކެއް ދިމާވުމާ ގުޅިގެން، ގިނަ އަދަދެއްގެ ޕަވަރ ބޭންކް އަނބުރާ ގެންދަން ޖެހި، އެތެރޭގެ ވައިގެ ދަތުރުތަކުގައި ސެޓްފިކެޓް ނެތް ޕަވަރ ބޭންކް ގެންދިއުން މަނާކޮށްފައިވެއެވެ.

 

ސޯލްޓް ވޯޓަރުގައި ބެޓެރީ އަޅުވައިގެން ހަލާކުކުރަން އެންގުން

 

ބައެއް ބޭނުންކުރާ ފަރާތްތަކަށް ރިފަންޑް ހޯދުމަށް އެމީހުންގެ ޕަވަރ ބޭންކް ލޮނުގަނޑުގައި އަޅުވައިގެން ހަލާކުކުރުމަށް އަންގާފައިވެއެވެ. މި އެންގުން ސޯޝަލް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކު އެކަމާ ދެކޮޅު ހަދައި، ފާޑުކިޔަން ފަށާފައިވެއެވެ.

ނަމަވެސް، ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހާލަތުގެ ސަބަބުން ރަނގަޅު ކަންތައްތަކެއް ވެސް ކުރިމަތިވާނެއެވެ. އޭގެ ތެރޭގައި ސިނާއަތުގެ މިންގަނޑުތައް މަތިވެ، ރައްކާތެރިކަމާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް މަގުފަހިވުން ހިމެނެއެވެ. 2023 ވަނަ އަހަރުގެ އޯގަސްޓް މަހު، ޗައިނާގެ ފަރާތުން ވަނީ ޕަވަރ ބޭންކްތަކާއި ލިތިއަމް-އައިއަން ބެޓެރީތަކަށް ޗައިނާ ކޮމްޕަލްސަރީ ސެޓްފިކެޝަން (ސީސީސީ) ހޯދުން ލާޒިމްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!