ޚަބަރު

ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު

ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

Ads by STELCO

އެކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ  ދަތުރުފުޅުގައި މިރޭ ނ. ހޮޅުދޫގަ އެވެ.

ނ. އަތޮޅުގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓެއް މިހާރުވެސް ހިންގަމުންދާއިރު ރައީސް މުއިއްޒު މިރޭ ވިދާޅުވީ އެ އެއާޕޯޓާއެކު ވެސް ވެލިދޫއާއި ހޮޅުދޫ އަދި ފޮއްދޫއަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓުތައް އޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ނިންމާފައިވާކަން އަޅުގަނޑު މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން" ރައީސް ވިދާޅުވި އެވެ.

ްެއެއާއެކު ވެލިދޫ އާއި ފޮއްދޫއަށް ވެސް ފައިދާތައް ލިބި އިގުތިސާދީ ގޮތުން ވެސް ވަރަށް ގިނަ ކަންކަން ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ނ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ހުއްދަވެސް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

Ads by Allied Insurance