ދުނިޔެ

ބެއިޖިންގ އަށް އަނެއްކާވެސް ނުރައްކާތެރި ފެންބޮޑުވުމެއް: މިއީ އާދަޔާ ޚިލާފު ކަމެއްތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ކުރިމަތިވި ގަދަ ވާރޭގެ ސަބަބުން ފެންބޮޑުވެ، ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ބަދަލުވާން ޖެހިއްޖެއެވެ.

Ads by MPL

ޖުލައި މަހުގެ ފަހުކޮޅު ކުރި ވާރޭގައި ބެއިޖިންގ އާއި އެ ސަރަހައްދާ އިންވެގެންވާ ހެބެއި ޕްރޮވިންސްގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވިއެވެ. މީގެ ތެރޭގައި ބެއިޖިންގގެ މިޔުން ސަރަހައްދުގައި ހުރި ނާސިންގ ހޯމެއްގައި 31 މީހުން މަރުވުން ހިމެނެއެވެ. މި ސަރަހައްދަކީ ފެންބޮޑުވުމުގެ ނުރައްކަލެއް ނެތް ކަމަށް ބެލެވުނު ސަރަހައްދެކެވެ.

ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުގެ ޗީފް ފޯކާސްޓަރ ޗެން ޓާއޯ ވިދާޅުވި ގޮތުގައި މި ފަހަރުގެ ގަދަ ވާރޭއަށް މެދުވެރިވި ސަބަބަކީ "އާދަޔާ ޚިލާފު ވައިގެ ދައުރުވުމުގެ އޮނިގަނޑެއް" އެވެ. މިކަމުގެ ސަބަބުން ހޫނު އަދި ތެތް ވައި އާދަޔާ ޚިލާފަށް އުތުރަށް ދަތުރުކޮށްފައިވެއެވެ.

 

ބެއިޖިންގ އަށް ވާރޭވެހެނީ ކިހާވަރަކަށް؟

 

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2015 އިން 2024 އަށް ބެއިޖިންގ އަށް އަހަރަކު ވެހުނު ވާރޭގެ އެވްރެޖަކީ 649.6 މިލިމީޓަރެވެ. މިއީ އޭގެ ކުރީގެ 10 އަހަރާ އަޅާބަލާއިރު 100 މިލިމީޓަރު އިތުރު އަދަދެކެވެ. މި ފަހަރުގެ ފެންބޮޑުވުމުގައި ޖުލައި 23 އިން 29 އަށް، އެންމެ 6 ދުވަހުގެ ތެރޭގައި 210.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މިއީ އަހަރެއްގެ މައްޗަށް ވެހޭ ވާރޭގެ ތިންބައިކުޅަ އެއްބައެވެ.

ބެއިޖިންގ އަކީ ސެމީ-ހިއުމިޑް ސަރަހައްދެއްގައި އޮންނަ ސިޓީއެކެވެ. މި ސަރަހައްދުގައި އަހަރެއްގެ މައްޗަށް 400 އިން 800 މިލިމީޓަރުގެ ވާރޭ ވެހެއެވެ. މި ވާރޭގެ ބޮޑުބައި ވެހެނީ ހޫނު މޫސުމުގައި، ދެކުނު އިރުމަތީ މޫސުމީ ވައިގެ ސަބަބުންނެވެ. އޮކްޓޯބަރު މަހުން މެއި މަހަށް ސައިބީރިއާގެ ހިކި އަދި ފިނި ވައިގެ ސަބަބުން ވާރޭވެހުން މަދުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!