ޚަބަރު

ކޮވިޑް-19ގެ އަލާމާތްތައް ހުރި ބައެއް މީހުން އެކަން ސިއްރު ކުރޭ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ އަލާމާތްތައް ހުރި ބައެއް މީހުން އެކަން ސިއްރު ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިޙާލަތުގައި ރިސޯޓަކުން އެންމެފަހު ފަތުރުވެރިޔާ ދިއުމަށްފަހު އެ ރިސޯޓެއްގައި ތިބޭ މުވައްޒަފުންނާއި އެހެންމީހުންނަށް 14 ދުވަހުގެ މުއްދަތެއް ހަމަކުރުމަށްފަހު ރިސޯޓުން ފޭބޭނެކަމަށެވެ.

ެއަމީން ވިދާޅުވީ 14 ދުވަސް ހަމަވާން ކައިރިވެފައިވަނިކޮށް ބައެއް ރިސޯޓްތަކުން މަޢުލޫމާތު ސިއްރުކޮށް އެކަމާގުޅޭ ޞައްޙަ މަޢުލޫމާތު ހާމަކުނުކޮށް ތީބޭތަން ފެންނަމުންދާކަމަށެވެ. މިގޮތަށް އަމަލުކުރަނީ އެރިސޯޓެއްގައި 14 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހިދާނެތީކަމަށް ޤަބޫލުކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޝައްކުކުރެވޭ ޢަލާމާތް ހުރުމުގެ ސަބަބުން އެ ރަށެއްގެ މީހުން 14 ދުވަސް ނުވަތަ ގިނައިން ތިބެން ޖެހިދާނެތީ އެކަން ސިއްރުކުރޭ. އޭގެ ސަބަބުން މުޅި ރިސޯޓްގައި ތިބި މުވައްޒަފުންނާއި މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ. އެހެންކަމުން ސިއްރުނުކޮށް ތެދު މަޢޫލޫމާތު ހާމަކުރުމަށް ގޮވާލަން" އަމީން ވިދާޅުވިއެވެ.

އެހެންކަމުން އެެއްވެސް އަލާމާތެއް ފެނިއްޖެނަމަ މަޢުލޫމާތު ދިނުމަކީ މުހިންމުކަމެއް ކަމަށާއި އެއީ އެ ރިސޯޓާއި އެ މުވައްޒަފާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!