ބަޖޯ ޑި މަސިންލޯކް މަތީގައި ދުއްވަމުންދިޔަ ފިލިޕީންސްގެ ސަރވެއިލަންސް މަތިންދާބޯޓަކާ ކައިރިން ޗައިނާގެ ހަނގުރާމަ ޖެޓެއް
ބަޖޯ ޑި މަސިންލޯކް (ސްކާބަރޯ ޝޯލް) މަތީގައި ފިލިޕީންސް ކޯސްޓް ގާޑް (ޕީސީޖީ)ގެ މެރިޓައިމް ޑޮމެއިން އެވެއަރނެސް (އެމްޑީއޭ) ދަތުރެއްގައި ދުއްވަމުންދިޔަ މަތިންދާބޯޓަކާ ކައިރިން ޗައިނާގެ ހަނގުރާމަ ޖެޓެއް ނުރައްކާތެރި ގޮތަކަށް ދުއްވާލައިފިއެވެ.ފިލިޕީންސް ކޯސްޓް ގާޑްގެ ވެސްޓް ފިލިޕީން ސީ (ޑަބްލިއުޕީއެސް)ގެ ސްޕޯކްސްޕަރސަން ކޮމޮޑޯ ޖޭ ޓަރިއެލާ ބުދަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޗައިނާގެ މިލިޓަރީ ޖެޓް ފިލިޕީންސްގެ ސަރވެއިލަންސް މަތިންދާބޯޓާ 500 ފޫޓުގެ ދުރުމިނުގައި 20 މިނެޓަށްވުރެ ގިނަ ވަގުތު ދުއްވާފައިވެއެވެ."ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)ގެ ޖޭ-15 ފައިޓަރ އެއަރކްރާފްޓަކުން ޕީސީޖީ ކެރަވަން މަތިންދާބޯޓާ ދިމާލަށް ނުރައްކާތެރި ގޮތަކަށް އިންޓަރސެޕްޓް ކުރުމުގެ ސަބަބުން ބޮޑު ސަލާމަތީ ކަންބޮޑުވުމެއް އުފެދުނު،" ޓަރިއެލާ ވިދާޅުވިއެވެ.މީގެއިތުރުން، ޗައިނާގެ ޖެޓް ވަނީ 200 ފޫޓުގެ އުސްމިނުގައި ސީދާ މަތިން ދުއްވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ޚިލާފު އުފެދިފައިވާ ސަރަހައްދުގެ އެއަރސްޕޭސް ބޭނުންކުރުމާ ގުޅޭގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.އަދި ޕީއެލްއޭ ނޭވީ ވެސެލް 553 އިން ފަސް ފަހަރެއްގެ މަތިން ރޭޑިއޯ މެދުވެރިކޮށް ގޮންޖަހާފައިވާ ކަމަށާއި، އެ ސަރަހައްދުގައި ތިބި ދެ އެމެރިކާ ނޭވީ އުޅަނދަކާ ޕީއެލްއޭ ނޭވީގެ އަނެއް ހަނގުރާމަ އުޅަނދު 568 ފަހަތުން ދުއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މި ދަތުރުގެ މަޤްޞަދަކީ ބަޖޯ ޑި މަސިންލޯކްގައި މަސްވެރިކަން ކުރަމުންދާ ފިލިޕީނޯ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މޮނިޓަރކުރުން ކަމަށް ޓަރިއެލާ ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި އެ ސަރަހައްދުގައި މަސައްކަތްކުރާ އުޅަނދުފަހަރާއި މީހުންގެ ސަލާމަތް ކަށަވަރުކުރުމަށް ޕީސީޖީ އިން ދެމިތިބޭނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.
ފިލިޕީންސް ކޯސްޓް ގާޑްގެ ވެސްޓް ފިލިޕީން ސީ (ޑަބްލިއުޕީއެސް)ގެ ސްޕޯކްސްޕަރސަން ކޮމޮޑޯ ޖޭ ޓަރިއެލާ ބުދަ ދުވަހު އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ޗައިނާގެ މިލިޓަރީ ޖެޓް ފިލިޕީންސްގެ ސަރވެއިލަންސް މަތިންދާބޯޓާ 500 ފޫޓުގެ ދުރުމިނުގައި 20 މިނެޓަށްވުރެ ގިނަ ވަގުތު ދުއްވާފައިވެއެވެ.
"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ޕީއާރްސީ)ގެ ޖޭ-15 ފައިޓަރ އެއަރކްރާފްޓަކުން ޕީސީޖީ ކެރަވަން މަތިންދާބޯޓާ ދިމާލަށް ނުރައްކާތެރި ގޮތަކަށް އިންޓަރސެޕްޓް ކުރުމުގެ ސަބަބުން ބޮޑު ސަލާމަތީ ކަންބޮޑުވުމެއް އުފެދުނު،" ޓަރިއެލާ ވިދާޅުވިއެވެ.
މީގެއިތުރުން، ޗައިނާގެ ޖެޓް ވަނީ 200 ފޫޓުގެ އުސްމިނުގައި ސީދާ މަތިން ދުއްވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ޚިލާފު އުފެދިފައިވާ ސަރަހައްދުގެ އެއަރސްޕޭސް ބޭނުންކުރުމާ ގުޅޭގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޕީއެލްއޭ ނޭވީ ވެސެލް 553 އިން ފަސް ފަހަރެއްގެ މަތިން ރޭޑިއޯ މެދުވެރިކޮށް ގޮންޖަހާފައިވާ ކަމަށާއި، އެ ސަރަހައްދުގައި ތިބި ދެ އެމެރިކާ ނޭވީ އުޅަނދަކާ ޕީއެލްއޭ ނޭވީގެ އަނެއް ހަނގުރާމަ އުޅަނދު 568 ފަހަތުން ދުއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދަތުރުގެ މަޤްޞަދަކީ ބަޖޯ ޑި މަސިންލޯކްގައި މަސްވެރިކަން ކުރަމުންދާ ފިލިޕީނޯ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މޮނިޓަރކުރުން ކަމަށް ޓަރިއެލާ ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި އެ ސަރަހައްދުގައި މަސައްކަތްކުރާ އުޅަނދުފަހަރާއި މީހުންގެ ސަލާމަތް ކަށަވަރުކުރުމަށް ޕީސީޖީ އިން ދެމިތިބޭނެކަން އަލުން ކަށަވަރުކޮށްދެއްވިއެވެ.
