ޚަބަރު

އަންނަ ހަފްތާއިން ފެށިގެން ހުރިހާ ގްރޭޑަކަށް ޓެލެ ކުލާސްތައް ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ ހަފުތާގައިން ފެށިގެން ހުރިހާ ގްރޭޑަކަށް ޓެލެ ކްލާސްތައް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހަތަރު ވަނަ ހަފުތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ޓެލިކުލާސްތައް މިހާރު ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތުން ގްރޭޑް 7، 8، 9، 10 އަދި 11 ދަރިވަރުންގެ ފިލާވަޅުތައް މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި އޭގެ އިތުރުން އަންނަ ހަފްތާ ކީސްޓޭޖް އެކަކާއި ދެއަކަށް (ގްރޭޑް އެކަކުން ހައަކަށް) ޓެލި ކުލާސްތައް ފަށަން ނިނާމަފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި އަހަރު އޯ ލެވެލް އަދި ގްރޭޑު 11ގެ ފަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށެވެ.

އެ ގްރޭޑުތަކަށް ހާއްސަ ކޮށްގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާސް ފަށައި ޓީޗަރުންނާ ވާހަކަ ދައްކައި އޮޅުން ފިލުވުމަށް ގޫގުލް ކްލާސްރޫމް ބޭނުންކުރަން ފެށި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ލާނިން ޕެކްތަކެއް ހަދާފައި ހުންނާނެ ކަމަށާއި އެޕެކް ތަކަކީ ޕްލޭ ބޭސްކޮށް ދަރިވަރުންނާއި ބެލެނިވެރިންނާ އެއްކޮށް ގޭގައި ކުރިވިދާނެ ކަންތައްތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!