ދުނިޔެ

ހަކަތައިގެ ފަހުން، އިންޑިއާއިން މިހާރު އަމާޒު ހިފަނީ ގަސްކާނާގެ ދާއިރާގައި އަމިއްލަ ފުދުންތެރިކަން ހޯދުމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރެޑް ފޯޓުން މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހަކަތައިގެ ދާއިރާގައި އަމިއްލަ ފުދުންތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތްތަކެކޭ އެއްފަދައިން، ގަސްކާނާގެ ދާއިރާގައިވެސް އަމިއްލަ ފުދުންތެރިކަން ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Ads by MPL

ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިވަގުތު އިންޑިއާއަށް ބޭނުންވާ ގަސްކާނާގެ ބޮޑު ބައެއް ބަރޯސާވަނީ އެތެރެކުރާ މިންވަރަށެވެ. އަދި ދަނޑުވެރިންނަށް ގޮވާލައްވާފައިވަނީ ބިމުގެ ދުޅަހެޔޮކަން ހިމާޔަތްކުރުމަށްޓަކައި ގަސްކާނާ ބޭނުންކުރުމުގައި ސައިންޓިފިކް އުސޫލުތަކާއި ހަމަތައް ގެންގުޅުމަށެވެ.

"ހަކަތައިގެ ދާއިރާގައި އަޅުގަނޑުމެން ބޭރު ދުނިޔެއަށް ބަރޯސާވާ ފަދައިން، ގަސްކާނާގެ ދާއިރާގައިވެސް ބޭރު ދުނިޔެއަށް ބަރޯސާވާން ޖެހިފައިވާކަމީ ޤައުމުގެ ހިތާމައެކެވެ. އަޅުގަނޑުގެ ޤައުމުގެ ދަނޑުވެރިންނަށްވެސް ގަސްކާނާ ރަނގަޅަށް ބޭނުންކޮށްގެން މާދަރު އަރތްއަށް ޚިދުމަތް ކުރެވިދާނެއެވެ," ބޮޑުވަޒީރު ވިދާޅުވިއެވެ.

ކެމިކަލްސް އެންޑް ފަރޓިލައިޒަރސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އިންޑިއާގެ ގަސްކާނާ އުފެއްދުމުގެ ސިނާއަތް ވަނީ ކުރިއަރާފައެވެ. 2014-15 ގައި 385.39 ލައްކަ މެޓްރިކް ޓަނުން ފެށިގެން 2023-24 ގައި 503.35 ލައްކަ މެޓްރިކް ޓަނަށް އުފެއްދުންތެރިކަން އިތުރުވެފައިވެއެވެ. އަދި ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި 6 އައު ޔޫރިއާ ޕްލާންޓް ވަނީ ޤާއިމްކުރެވިފައެވެ.

2023-24 ގައި އިންޑިއާގެ ޖުމްލަ ގަސްކާނާގެ ބޭނުން ހުރީ 601 ލައްކަ މެޓްރިކް ޓަނުގައެވެ. މީގެ ތެރެއިން 503 ލައްކަ މެޓްރިކް ޓަން އުފައްދާފައިވަނީ ރާއްޖޭގައެވެ. އަދި 177 ލައްކަ މެޓްރިކް ޓަން ވަނީ އެތެރެކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!