ޚަބަރު

އެސްއެސްސީ އިމްތިހާނަށް ބަދަލު ގެންނާނަން: މިނިސްޓަރު

ދެން އެމްވީ ، ދެން އޮންލައިން

ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ އެސްއެސްސީ އިމްތިހާނަށް، ކޮވިޑް-19 އާ ގުޅިގެން ބަދަލު ގެންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އޮކްޓޯބަރ ނޮވެމްބަރު މަހުގައި އޮންނަ ކެމްބްރިޖް އޯލެވެލް އިމްތިހާން ފަސްކުރުމާ ގުޅޭގޮތުން ކެމްބްރިޖްއާ މަޝްވަރާ ކުރެވެމުންދާ ކަމަށާއި ރާއްޖެއިން ތައްޔާރު ކުރާ އެސްއެސްސީ އިމްތިހާނަށް ބަދަލު ގެންނާނެ ކަމަށެވެ. އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.

"އަޅުގަނޑުމެން ވާނީ މެއި/ޖޫން ގައި ހަދާ އޭ ލެވެލް އިމްތިހާނު ފަސް ކޮށްފައި، އޯ ލެވެލް އިމްތިހާނު މި އޮންނަނީ އޮކްޓޯބަރު/ ނޮވެމްބަރުގައި. ކޭމްބްރިޖާ ވާހަކަ ދައްކަމުން މިދަނީ އިމްތިހާނު ފަސްކުރުމާ ގުޅޭ ގޮތުން، އެނގިލައްވާނެ މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކަމެއް ކަން. އަޅުގަނޑުމެންގެ އިންޓާނަލް އެސްއެސްީ އިމްތިހާނަށް ބަދަލު ގެންނާނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށް ފަހު، އެންމެ ބޮޑު ސަމާލުކަމެއް ދިނީ މި އަހަރު އޯ ލެވެލް އަދި ގްރޭޑު 11ގެ ފަހު އިމްތިހާނު ހަދާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ކަމަށެވެ.

އެ ގްރޭޑުތަކަށް ހާއްސަ ކޮށްގެން ޓީވީ ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާސް ފަށައި ޓީޗަރުންނާ ވާހަކަ ދައްކައި އޮޅުން ފިލުވުމަށް ގޫގުލް ކްލާސްރޫމް ބޭނުންކުރަން ފެށި ކަމަށް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!