ޚަބަރު

އީޔޫ އިން ރާއްޖެ އަށް 51 މިލިއަން ރުފިޔާގެ އެހީ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް ނިންމައިފި އެވެ.

Ads by MWSC

އީޔޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ކަަމަށެވެ. މި އެހީގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އޮޕަރޭޓަރުންނާއި އެ ފަރާތްތަކުގެ މުވައްޒަފުންގެ ވަޒީފާ ސަލާމަތްކުރުމަށް އެހީތެރިވެގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"އީޔޫ އިން ދޭ އެހީތެރިކަމަކީ ހަމައެކަނި ބުނެލާ ބަހެއް ނޫން. މި އެހީގެ މާނައަކީ، ރާއްޖޭގެ ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާ އަށް ޔޫރަޕްގެ މާލީ އެހީތެރިކަން ލިބި، ރާއްޖޭގައި ތިބި ޔޫރަޕްގެ ފަތުރުވެރިންނަށް އަވަހަށް އެނބުރި ގައުމަށް ދެވޭނެ މަގުފަހިކޮށްދިނުން،" ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ އީޔޫ ސަފީރު ޑެނިސް ޗައިބީ ވިދާޅުވެފައިވެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އީޔޫގެ މި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!