ބަނގުރާ ވިއްކާ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރަށް

މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށް ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 10 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ މޮނު ހައުލޭޑާ، 47، އާއި ސަކީބް މިއާ، 25، ކަމަށެވެ.
މަގެއްގެ މަތިން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއި ރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ފަހަކަށް އައިސް ބަނގުރަލުގެ ވިޔަފާރިއާ ގުޅިގެން މާލެ އާއި ހުޅުމާލެ އިން އަތުލައިގަންނަ ބިދޭސީން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.
