ޚަބަރު

ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MPL

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، ގ. ރޯޒީ، މުޙައްމަދު ޝާރިފް، 37، ކަމަށެވެ.

ފުލުހުން އޭނަ ހައްޔަރުކުރި ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާ ދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި ސެޕްޓެންބަރު މި މަހުހ ެ12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނި ގޮތުގައ ފިހާރަތަކުން 1،500ރ. ގެ ތަކެތި ޝާރިފް ނެގިކަން ތަހުގީގުގައި މިހާތަނަށް އެނގިފައިވެ އެވެ.

އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 8 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.