ދުނިޔެ

ވައި ނުސާފު ސަރަހައްދުތަކުގައި ކޮރޯނާ ވައިރަސްގެ ބިރު ބޮޑު

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔެ ސިއްސުވާލި ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ދިރާސާ ކުރައްވާ ފަރާތްތަކުން ގެންދަވަނީ ގިނަ ދިރާސާތަކެއް ހައްދަވަމުންނެވެ. މިގޮތުން ދާދިފަހުން ހެދި ދިރާސާއަކުން މިވަނީ މި ބައްޔާ ގުޅޭ ތަފާތު ކަމެއް ހޯދައިގަނެވިފައެވެ. އެއީ ވައި ނުސާފު ހިސާބުތަކުގައި މިވައިރަސް ދަތުރު ކުރާލެއް އަވަސްވުމެވެ.

މެޑްރިވްކްސްގައި ޝާއިރުކޮށްފައިވާ، ހާވާޑް ޔުނިވަރސިޓީގެ ދަރިވަރުންކޮށްފައިވާ ދިރާސާގައި އިޓަލީ އަދި އެމެރިކާގައި މިބަލި ކޮންޓްރޯލް ނުވެ ފެތުރުމުގެ އެއް ސަބަބަކަށް ބަޔާންކޮށްފައިވަނީ އެޤައުމުތަކުގައި ވައި ނުސާފުވުމެވެ.

ކޮރޯނާ ވައިރަސްއަކީ ނޭވާ ލުމުގެ ނިޒާމަށް ހަމަލާދޭ ބައްޔަކަށްވުމާއެކު، ނޭވާލާ ވައި ވިހަ ކެމިކަލްތަކުން ތަޣައްޔަރު ވެފައިވާނަމަ، މިބަލީގެ ނުރައްކާ ބޮޑު ކަމަށް އެދިރާސާގައި ހާމަކޮށްފައިވެއެވެ.

"އުޅަނދުތަކުންނާއި ފޮސިލް ފިއުލް އަންދައިގެންނާއި ކާރުޚާނާތަކުން ނިކުންނަ ވިހަގޭސްތަކުގެ މާއްދާއެއް ކަމަށްވާ ޕީއެމް2.5 އަކީ ފުއްޕާމެޔަށް ގެއްލުންދީ، ނޭވާލާ ނިޒާމަ ހަލާކްކޮށްލާ މާއްދާތަކެއް. ގިނަ ދުވަހު ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައި އުޅޭ މީހެއްނަމަ، މިފަދަ ކެމިކަލްތަކުގެ ސަބަބުން ނޭވާލާ ނިޒާމް ބަލިކަށިވޭ. މިކަމުގެ ސަބަބުން ކޮރޯނާ ވައިރަހަށް ނޭވާލާ ނިޒާމަށް ގެއްލުންދޭން ފަސޭހަވޭ." އެ ދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި ބުނެފައިވަނީ މިބުނާ މާއްދާ ހަށިގަނޑުގައި އެންމެ މަތިނަމަވެސް ކޮވިޑް 19 ޖެހިއްޖެނަމަ އެމީހަކު މަރުވުމުގެ އިންސައްތަ 15 ޕަސެންޓް އިތުރުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!