ޚަބަރު

ސަރުކާރަށާއި، ޓޫރިޒަމް މިނިސްޓަރަށް ފުރިހަމަ އިތުބާރު އެބައޮތް: އެންއެފްއެމްއީ

ދެން އެމްވީ ، ދެން އޮންލައިން

ޓުއަރިޒަމް ދާއިރާގެ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާގޮތާމެދު މިނިސްޓަރު އަލީ ވަހީދާއި، ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިއަން އެމްޕްލޯޔާސް(އެންއެފްއެމްއީ) އިން ބުނެފި އެވެ.

Ads by Sosun Fihaara

އެންއެފްއެމްއީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި، އަދި ވަޒީފާ ފަރާތްތަކާއި، ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކުރިމަތިވެފައިވާ މައްސަލަތައް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އައިއެލްއޯގެ ހަމަތަކާއި އެއްގޮތަށް ޓްއަރިޒަމް ޑައިލޮގެއް ފަށާ، ކުރިމަތިވެފައިވާ ހުރަސްތައްތަކާއި، އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށް އިސްލާހީ ފިޔަވަޅުތައް އަޅާނެ މުއްދަތެއް ކަނޑައަޅާ އެކަމުގެ އެކްޝަން ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް އެންއެފްއެމްއީ ވަނީ ބުނެފައެވެ.

ޓުއަރިޒަމް ދާއިރާގެ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާގޮތާމެދު މިނިސްޓަރު އަލީ ވަހީދާއި، ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހުރިހާ ފަރާތްތަކުން ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމަށާއި، ދާއިރާއަށް ގެއްލުމެއްވާނެ ކަމެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ތައުރީފު ކޮށްފައެވެ.

ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންގެ ހައްގުތައް ހޯދާ، އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އެބަޔަކަށް ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރުމުގައި އިންތަކާއި މިންތައް ފަހަނައަޅާ ނުދިއުމަށް އެންބީއޭއެމް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް ކިލަނބުކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާދޭ ފަރާތާއި، ވަޒީފާ ލިބޭ ފަރާތުންކުރެ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

މިނިސްޓަރު އަލީ ވަހީދަށް ތައުރީފުކޮށް އެންބީއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް މިނިސްޓަރު މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!