ދުނިޔެ

ލޮކްޑައުންގައި ހޯދި ޙަޔާތުގެ ބައިވެރިޔާ އާ ކައިވެނި ކުރުމަށް ވޫހާންގައި ދިގު ކިޔުއެއް

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންނާއެކު ގިނަ ބައެއްގެ ދިރިއުޅުން ޑިޖިޓަލްވިއެވެ. ސްކޫލް، އޮފީސްތައް ބަންދުވުމާއެކު، ކުރާނެ މާގިނަ ކަންތައްތަކެއްވެސް ނެތުމާއެކު، ސިންގަލްކޮށް ތިބި ގިނަ ބަޔަކު ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިކަމުގެ ހެއްކަކަށް ޗައިނާގެ ވުހާންގެ ހާލަތު ފުދެއެވެ.

Ads by Sosun Fihaara

76 ދުވަހުގެ ލޮކްޑައުންއަކަށްފަހު، ކޮވިޑް19 ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ލޮކްޑައުންގެ ދުވަސްވަރު ކައިވެނިކޮށްދިނުން މަނާކޮށްފައި އޮތް އޮތުން، ލޮކްޑައުން ނިންމާލުމާއެކު ވަނީ ރުޖޫއަކޮށްފައެވެ. މިއާއެކު ކައިވެނި ކުރަން ގިނަ ބަޔަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ވެބްސައިޓްތަކުގެ މަޢުލޫމާތު ގެނެސްދޭ ސައިޓެއް ކަމަށްވާ، ވީބޯ އިން ބުނެފައިވާ ގޮތުގައި ޗައިނާގައި ކައިވެނީގެ ދަފްތަރު ސައިޓަށް މީގެ ކުރިން ދުވަހަކުވެސް ނުވަންނަ ވަރަށް އިއްޔެ އެކަނި ، މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ދަފްތަރު ހިންގަމުން އަންނަ ޗައިނާގެ އަލިއެކްސްޕްރެސްގެ ކުންފުންޏެއް ކަމަށްވާ އަލި ޕޭ އިން ބުނެފައިވަނީ އެ ސައިޓަށް ޒިޔާރަތް ކުރި މީހުންގެ އަދަދު 300 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި މިއާއެކު މި ވެބްސައިޓް ކުޑަ ވަގުތުކޮޅަކަށް ޑައުންވި ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

11 މިލިޔަން މީހުން ދިރިއުޅެމުން އަންނަ ވޫހާން ސިޓީގައި ލޮކްޑައުން މިހާރު ނަގާފައިވާއިރު، އެޤައުމުގެ މީހުން މިހާރުދަނީ އާއްމު ހާލަތަށް ރުޖޫއަވަމުންނެވެ. ނަމަވެސް ދުނިޔޭގެ އިތުރު ޤައުމުތަކުގައި ކޮވިޑް19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށްވަނީ އިތުރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!