ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ ހޯމަ ދުވަހު ކުޑަކުދިންތަކަކާއެކު މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލަައި ފާސްކޮށް ހައްޔަރުކުރީ:
- މަޝްހޫރު ހޯސްޓް އަދި ޕްރެޒެންޓަރު ނާފިއު ރަޝީދު (ނާއްޕެ) 39އ.
- އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ގާނޫނީ ވަކީލު އަދި މިހާރު ޕީއެސްއެމްގެ ވަކީލެއްގެ ގޮތުގައި ހުންނެވި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު، 33އ
- މ. އެތުމާ، އަލީ އަޝްރަފް، 35އ.
- ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، އ.
އެ އެންމެންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވި އެވެ. އަސި އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ތިން ދުވަސް އޮތީ ޖަހައިފަ އެވެ.
އެ މީހުންގެ ބަންދާގެ ގޮތެއް ނިންމަން މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނާއްޕެގެ ބަންދަށް އިތުރުކުރީ ފަސް ދުވަހެވެ. އެހެން މީހުންގެ ބަންދަށް 10 ދުވަސް އިތުރުކުރި ކަމަށް ފުލުހުން ބުންޏެވެ.
ބަންދުގެ މުއްދަތު ޖެހިއިރު ތިން މީހެއްގެ ބަންދު މުއްދަތު ގިނަ ދުވަހަކަށް ޖެހީ ކީއްވެކަމެއް ސާފެއް ނުވެއެވެ. އެ މައްސަލައާ ގުޅޭ ކޯޓު އަމުރު ވެސް ކްރިމިނަލް ކޯޓުން އަދި އާންމެއް ނުކުރެ އެވެ.
ހައްޔަރުކުރި މީހުން އެޕާޓްމަންޓްގައި ތިބި ކުޑަކުދިން އެކްސްޕްލޮއިޓްކުރިކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ އެޕާޓްމަންޓްގައި އެ ވަގުތު 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ތިބިއިރު އެ އެޕާޓްމަންޓްއިން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.