ޚަބަރު

އިސްލާމްދީނުގައި މިޔުޒިކް ކުުޅުމަށް ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެކަން ދޫކޮށްނުލީމުސް: ޢަލީ ރަމީޒު

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނުގައި މިޔުޒިކު ކުޅުމަށް ކުޑަ ފުރުސަތެއް އޮތް ނަމަވެސް އެކަން ދޫކޮށް ނުލީމުސްކަމަށް ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒު ބުނެފިއެވެ.

Ads by STELCO

މީގެ 17 ވަރަކަށް އަހަރުކުރިން މިޔުޒިކާއި ލަވަޔާއި ދުރުވެ ، އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ދިރިއުޅުން ބަަައްޓަން ކުރަން މަސައްކަތް ކުރަމުންދާ ޢަލީ ދެންމެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިހެން ބުނިއިރު އޭނާ ވަނީ މިޔުޒިކް ކުޅޭ މީހަކު އެކަން ހުއްޓާލި ވާހަކަ ވެސް ހިއްސާކޮށްފައެވެ.

ޢަލީ ބުނެފައިވަނީ މިޔުޒިކު ކުޅުމާއި ގުޅޭގޮތުން ޒުވާނަކު މީގެ ދެތިން ދުވަސްކުރިން އޭނާއަށް މެސެޖުކުރިކަމަށާއި އަދި އެޒުވާނާއަށް ކުރު ޖަވާބެއް ދިން ކަމަށެވެ.އަދި އޭގެ އަނެއް ދުވަހު އެ ޒުވާނާ ވަނީ އޭނާއަށް ތިން ފޮޓޯ ފޮނުވާފައި ކަމަށާއި އެ ފޮޓޯތަކުގައި ވަނީ އެ ޒުވާނާ ކުޅެން ގެންގުޅުނު ގިޓާތައް ބިންދާލާ އޭގައި އަލިފާން ރޯކޮށްލާފައިވާ ފޮޓޯތައް ކަމަށް އަލީ ބުނެފައިވެއެވެ.


ޢަލީގެ ޕޯސްޓްގައި ޒުވާނާގެ ވާހަކަ ތަފްސީލް ކުރަމުން އޭނާ ބުނީ އެޒުވާނާ މިހާރުވަނީ ﷲ ހަރާމް ކުރެއްވި މިޔުޒިކުން އަތްދޫކޮށްލާފައިކަމަށެވެ.

އަލީގެ ޕޯސްޓް ނިންމާލާފައިވަނީ އެ ޒުވާނާއަށާއި އަދި ޢަލީގެ އިތުރުން އެންމެހައި ޒުވާނުންނަށް ސާބިތުކަން ދެއްވުން އެދި ދުޢާ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!