ސައިކަލުތަކަކަށް ގެއްލުން ދިން މީހަކު ހޯދަނީ

ސައިކަލުތަކަކަށް ގެއްލުން ދިން މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި މީހަކު ގަސްދުގައި ސައިކަލުތަކެއް ވައްޓާލާތައް ފެނެ އެވެ.
އެ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ މައްސަލަ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.
އެެހެންވެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ތޫނު އެއްޗެތިން ސައިކަލުތަކުގެ މަޑިތައް ކަފާލުމުގެ ކަންކަން ދޭތެރެ ދޭތެެރެއިން ފެންމަތިވެ އެވެ.
އަދި ސައިކަލުތަކުގައި ރޯކުރުމުގެ މައްސަލަަތައް ވެސް މަދުން ވެސް ހިނގަ އެވެ.
