ޚަބަރު

ނުރައްކާތެރި ހާދިސާތަކުން ފަތުރުވެރިން ދުރުކުރަން ޓޫރިސްޓް ސޭފްޓީ ވީޑިއޯ ލޯންޗުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނުރައްކާތެރި ހާދިސާތަކުން ފަތުރުވެރިން ދުރުކުރަން ޓޫރިސްޓް ސޭފްޓީ ވީޑިއޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ފަތުރުވެރިންގެ މެދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހުއްޓުވުމުގެ ގޮތުން ޓޫރިސްޓް ސޭފްޓީ ވީޑިއޯ މިއަދު ލޯންޗުކޮށްފިއެވެ.

Ads by STELCO

މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ވީޑިއޯ ލޯންޗުކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.

އެ ވީޑިއޯ ތަކަކީ އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ތަކެކެވެ.

އެގޮތުން މިއަދު ތިން ވީޑިއޯ އެއް ލޯންޗުކޮށްފައިވެއެވެ. އެއީ ވޯޓާ ސްޕޯޓްސް ސޭފްޓީ، ފްރޯޑް ބުކިން އަދި ގެންގުޅޭތަކެއްޗަށް ރައްކާތެރިވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭ ވީޑިއޯއެވެ.

އެ އެވެއާނެސް ވީޑިއޯތަކަކީ ކޮންމެ އަހަރެއްގެ ވެސް ނިމޭ ހިސާބުގައި ފަތުރުވެރިންގެ ޕީކް ސީޒަން ފެށިގެންދާއިރު ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް ފަތުރުވެރިން ހޭލުންތެރިކުރުވައި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލޯންޗުކުރި ވީޑިއޯތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ވީޑިއޯތަކުން ފަތުރުވެރިންނަށް މުހިންމު މެސެޖުތަކެއް ލިބިގެންދާނެކަމަށް ފުލުހުން ބުންޏެވެ.

Ads by Ooredoo