ޚަބަރު

މިހާރު ވައްކަން ކުރަނީ ސިއްހީ ސަލާމަތުގެ ނަމުގައި: ޒަރިޔަންދު

ދެން އެމްވީ ، ދެން އޮންލައިން

ކުރީ ސަރުކާރުތަކުގައި ވައްކަންކޮށްފައި ވަނީ ރައްޔިތުންގެ މުދަލުން ކަމަށާއި މިހާރު ވައްކަން ކުރަމުން އަންނަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން، އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިއްޔެ ޒަރިއްޔަންދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވިއިރު އޭނާ ވަނީ ކުރިން އަދި މިހާރު ވެސް ވައްކަން ކުރަމުން އަންނަ ގޮތް ތަފާތު ނަމަވެސް، މިކަމުގައި އުޅެނީ ހަމައެއް ގްރޫޕެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަމަވެސް އޭނާގެ އެ ތުހުމަތުތަކާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއެވެ. އަދި ތުހުމަތު ކުރަނީ ސަރުކާރުގެ ކޮންކޮން މަގާމެއްގައި ތިއްބެވި ބޭފުޅުނެއް ކަމެއް ވިދާޅުއް ނުވެއެވެ.

މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ އެމީހުންގެ ނަންތައް ހާމަކުރުމަށާއި ނޫންނަމަ އެކަމުގެ މައުލޫމާތު އެނގޭނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވެސް އެދިފަ އެވެ.

އޭގެ ފަހުން ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝަހުސް އޮލުވާލައިގެން ފޭކް އެކައުންޓްތަކުން އޭނާ ޓްވީޓް ނުުކުރާނެ ކަމަށް ވިދާޅުވެެފައެވެ. އަދި އޭނާ ވިދާޅުވާ އެއްޗަކާ، އަދާކުރައްވާ މަސްއޫލިއްޔަތާ ގުޅުމެއް ނެތް ކަމަށާ މީހަކަށް ދެއްކޭނެ ބިރެއްވެސް ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!